crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

އިޓަލީ ޤައުމީ އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިޓަލީގެ ޤައުމީ އެއާރލައިން، އިޓާލިއާ ޓްރާންސްޕޯޓޯ އެއިރޯ (އައިޓީއޭ) އެއާރވޭސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

Photo: @huzein_sheryph (instagram)

ކުރިސްމަސްއާއި ދިމާކޮށް ރާއްޖެއަށް މިއަދު ފެށި މި ދަތުރުތަކުގެ ފުރަތަމަ އައިޓީއޭގެ ފުލައިޓް AZ 776 ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖެއްސާފައި ވަނީ ރާއްޖެ ގަޑިން 11:21ގައެވެ.


މި ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާރސެލިއުޓެއް ވަނީ އަރުވާފައެވެ.


ރާއްޖެއަށް މި ފެށި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އިޓަލީގެ ރޯމުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ. މި ދަތުރުތައް 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15ގެ ނިޔަލަށް ބޭއްވުމަށް ވަނީ ނިންމާފައެވެ.


މި ދަތުރުތަކުގައި އައިޓީއޭއިން ބޭނުންކުރާނީ އެއާރބަސް މަރުކާގެ އޭ350 މަތިންދާބޯޓާއި އޭ330 މަރުކާގެ ބޯޓެވެ.


އިޓާލި ޤައުމީ އެއާރލައިން އައިޓީއޭއިން ރާއްޖެއަށް ދަތުރުތައް ފެށި އިރު އިޓަލީގެ ނިއޯސް އެއާރލައިނުން، އިޓަލީގެ މަލްޕެންސާއާއި ރޯމުން ރާއްޖެއަށް އަންނަނީ ދަތުރުތައް ކުރަމުންނެއެވެ.


އައިޓީއޭ އެއާރވޭސްއަކީ އިޓަލީގެ ކުރީގެ ޤައުމީ އެއާރލައިން، އަލިޓާލިއާ ބަނގުރޫޓުވެ، ހުއްޓާލަން ޖެހުމުން އިޓަލީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާއާއެކު އުފައްދައި

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ރަސްމީކޮށް އޮޕަރޭޝަން ފެށި އެއާރލައިނެކެވެ.

0 comments

Comentarios


bottom of page