crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page

މޯލްޑިވިއަނުން ހަނިމާދޫ އެއާރޕޯޓަށް ރޭގަނޑު ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފި

  • Writer: Avaitors Maldives
    Avaitors Maldives
  • Feb 1, 2023
  • 1 min read

ޤައުމީ އެއާރލައިން މޯލްޑިވިއަނުން ހަނިމާދޫ އެއާރޕޯޓަށް ރޭގަނޑު ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.



މޯލްޑިވިއަނުން މި ނިމުން ނިންމާފައި ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުންނެވެ.


އަންނަ މަރިޗު 1 ވަނަ ދުވަހުން ފެށިގެން ޤައުމީ އެއާރލައިން މޯލްޑިވިއަނުން ހަނިމާދޫ އެއާރޕޯޓަށް ރޭގަނޑު ކުރާ ހުރިހާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަނެ ކަމަށާއި ހަނިމާދޫ ޓުރިވެންޑުރަމް ދަތުރުތައް ވެސް މިއާއެކު މެދުކަނޑާލަނެ ކަމަށް މޯލްޑިވިއަނުން މިކަން ހާމަކޮށް ނެރުނު ބަޔާނުގައިވެއެވެ.


1 މަރިޗުގެ ފަހަށް ޓިކެޓް ނަންގަވާ ބޭފުޅުންނަށް މޯލްޑިވިއަން ކޯލްސެންޓަރ މެދުވެރިކޮށް ދަތުރުގެ ކަންކަން ހަމަޖައްސައި ދޭނެ ކަމަށާއި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މޯލްޑިވިއަނުން ވަނީ މާފަށްއެދިފައެވެ.

 
 

©2019  Aviators Maldives

bottom of page