crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page

އޮސްޓުރިއަން އެއާރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

Writer's picture: Avaitors MaldivesAvaitors Maldives

ފިނިމޫސުމާއި ދިމާކޮށް އޮސްޓުރިއަން އެއާރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.


މިދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އޮސްޓުރިއާގެ ވިއެނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ މައި އެއާރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.


އޮސްޓުރިއަން އެއާރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ބާއްވާނެއެވެ.


ރާއްޖެއަށް ބާއްވާ މި ދަތުރުތަކުގައި އޮސްޓުރިއަން އެއާރލައިނުން ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން 200 -777 މަރުކާގެ މަތިންދާ ބޯޓެވެ.


މިދިޔަ އަހަރު ވެސް ފިނިމޫސުމާއި ދިމާކޮށް އޮސްޓުރިއަން އެއާރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ބާއްވާފައިވެއެވެ.

0 comments

Comments


©2019  Aviators Maldives

bottom of page