crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ފްލައި ޑުބާއީގެ ދަތުރުތައް ރާއްޖެއާއި ލަންކާއާ ދެމެދު ފަށަނީ



ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާރލައިން ފްލައި ޑުބާއީން މި މަހު ރާއްޖެއާއި ލަންކާއާ ދެމެދު ދަތުރުތައް ބޭއްވުމަށް ނިންމައިފިއެވެ.



ފްލައި ޑުބާއީން ބުނީ މި މަހުގެ 30 ވަނަ ދުވަހުންފެށިގެން ޑެއިލީ ފުލައިޓް ލަންކާއަށް ބާާއްވާނެ ކަމަށާއި އެ ދަތުރުތަކުގެ ޓިކެޓް މި މަހުގެ 10ވަނަ ދުވަހުންފެށިގެން ވިއްކާނެ ކަމަށެވެ.


މާލެއިން ކޮލަންބޯއަށް ބާއްވާ މި ދަތުރުގެ ފުލައިޓް މާލެއިން ފުރާނީ ހެނދުނު 08:35ގައެވެ. ކޮލަންބޯއިން މާލެއަށް ފުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:55ގައެވެ.


ފްލައި ދުބާއީން ރާއްޖެއިން ކޮލަންބޯއަށް ފެށުމަށް ނިންމާފައިވާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 737 މަރުކަގެ މަތިންދާ ބޯޓެވެ.


2013 ވަނަ އަހަރުގެ ރާއްޖެއަށް ދަތުރުތައް ފެށި ފްލައި ޑުބާއީ އެއާރއިނުން މިހާރު ވެސް އަންނީ ޑުބާއީން ރާއްޖެއަށް ސީދާ ދައްތުރުތައް ބާއްވަމުންނެވެ.

0 comments
bottom of page