crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ފްލައިނަސް އެއާރލައިންގެ ރަސްމީ ދަތުރުތައް ރާއްޖެއަށް ފަށައިފިސައުދި އަރަބިއްޔާގެ ބަޖެޓް އެއާރލައިން ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.


Photo: m.a.s.k.a_

ފްލައިނަސްގެ ފުރަތަމަ ޝެޑިއުލް "XY393" ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލް އިން ވަނީ ވޯޓާރސެލިއުޓެއް އަރުވާފައެވެ.


މި ދަތުރުތައް ރާއްޖެއަށް ކުރަނީ ސައުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.


ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ބާއްވާ އިރު ފްލައިނަސް އިން މި ދަތުރުތަކުގައި ރާއްޖެއަށް އޮޕަރޭޓް ކުރާނީ އެއާރބަސް މަރުކާގެ އޭ 320 މަރުކާގެ މަތިންދާ ބޯޓެވެ.


މި އެއާރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް މިއަދު ފެށި އިރު ސައުދި އަރަބިއްޔާގެ ގައުމީ އެއާރލައިނުން ވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.


2007 ވަނަ އަހަރު އޮޕަރޭޝަންފެށި ފްލައިނަސް އެއާރލައިން ފްލީޓްގައި 39 މަތިންދާ ބޯޓު އޮވެއެވެ.

0 comments

Comments


bottom of page