ކޮންޑޯ އެއާރލައިންގެ ދަތުރުތައް މި މަހު ރާއްޖެއަށް ފަށަނީ
- Avaitors Maldives

- Oct 1, 2022
- 1 min read
ޖަރުމަނުވިލާތުގެ އެންމެ ވަރުގަދަ ޗާޓަރ އެއާރލައިން ކޮންޑޯގެ ދަތުރުތައް މި މަހުގެ 2 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މާދަން ހެނދުނު ގަޑިން 09:45 ހާއިރު ކޮންޑޯގެ DE2320 ފުލައިޓް ވެލާނާ އިންޓަރނޭޝަލް އެއާރޕޯޓަށް ޖެއްސާނެ ކަމަށް ވީއައިއޭގެ ފުލައިޓް އަޕްޓޭޓް ވެބްސައިޓް ފިސްގެ ޝެޑިއުލްގައިވެއެވެ.
މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަރުމަނުގެ ފްރެންކްޕަރޓުން ރާއްޖެއަށް ކަމަށް ކޮންޑޯ އެއަރލައިނުން ހާމަކުރެއެވެ.
ކޮންޑޯއިން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ބެއްވުމަށް ވަނީ ނިންމާފައިވާ އިރު މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު ކަމަށް ކޮންޑޯ އެއާރލައިން ވެބްސައިޓުގައިވާ ވިންޓާރ ޓައިމް ޓޭބަލްގައިވެއެވެ.
ކޮންޑޯ އެއަރލައިނަކީ ދުނިޔޭގެ މަޤްބޫލް ލެޝަރ އެއަރލައިންނެކެވެ. މި އެއަރލައިނުން އާއްމުގޮތުގައި ދަތުރުތައް ބާއްވަނީ ޗުއްޓީއަށް މީހުންދާ މަންޒިލްތަކަށެވެ. މި އެއާރލައިނުން ޗާޓަރ ދަތުރުތައް ވެސް އާއްމުގޮތެއްގައި ކުރެއެވެ.
ފަތުރުވެރިކަމުގެ ހައި ސީޒަންތަކުގައި ކޮންޑޯ އެއަރލައިނުން ވަނީ ރާއްޖެއަށް މީގެކުރިން ވެސް ދަތުރުތައް ބާއްވާފައެވެ.
ކޮންޑޯ އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާ އިރު، ޖަރުމަނުގެ ލުފްތަންސާ އެއަާރލައިންގެ ބަޖެޓް އެއާރލައިން ޔޫރޯވިންގުން ވެސް ރާއްޖެ އާއި ޖަރުމަނާ ދެމެދު ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.




Comments