crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
Writer's pictureAvaitors Maldives

ޗައިނާ އާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި



ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ 8 ވަނަ ދުވަހު އެ ޤައުމުގެ ސަރުކާރުން ލުއިދިނުމާއެކު ޗައިނާގެ ލޯކޮސްޓު އެއާރލައިން "ބެއިޖިންގ ކެޕިޓަލް އެއާރލައިން"ގެ ހުދުހުންތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

ޗައިނީސް ނިއުއިޔާއާއި ދިމާކޮށް ރާއްޖެއަށް މި ފެށި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް "ޖޭޑީ 455" ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން މެންދުރު 12:10ހާ އިރެވެ.


3 އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު އައި ކެޕިޓަލް އެއާރލައިންގެ ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާރސެލިއުޓެއް ވަނީ އަރުވާފައެވެ.


މި ދަތުރުތައް ރާއްޖެއަށް ކުރަނީ ބެއިޖިންގ ޑެކްސިން އިންޓަނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.


އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، ހަފްތާއަކު 4 ދަތުރުކުރު ރާއްޖެއަށް މި އެއާރލައިނުން ބާއްވާނެއެވެ.


މި ދަތުރުތަކުގައި އެ އެއާރލައިނުން ބޭނުންކުރަނީ 306 މީހުންގެ ޖާގައިގެ އެއާރބަސް އޭ330ގެ ބޯޓެވެ.


1995 ވަނަ އަހަރު އޮޕަރޭޝަން ފެށި ބެއިޖިންގ ކެޕިޓަލް އެއާރލައިނަކީ ހައިނާން އެއާރލައިންގެ ސަބްސިޑަރީ އެއާރލައިނެކެވެ. "ކެޕިޓަލް އެއާރލައިން"ގެ ނަމުން މަޝްހޫރު މި އެއާރލައިންގެ ފުލީޓުގައި 86 މަތިންދާބޯޓު އޮވެއެވެ.


2015 ވަނަ އަހަރުން ފެށިގެން މި އެއާރލައިނުން ރާއްޖެއަށް ހަފްތާއަކު 4 ދަތުރު ބާއްވަމުންދިޔަ ނަމަވެސް މި ދަތުރުތައް ހުއްޓާލާފައި ވަނި ކޯވީޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

0 comments

Comments


bottom of page