crossorigin="anonymous"> crossorigin="anonymous"> Velana International Airport Ge Aa Runway Ga Jahsaa Furathama Mathindhaaboatakah Emirates crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ވީއައިއޭގެ ކޯޑް އެފް ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށިގެން ދާނީ އެމިރެޓްސް ފްލައިޓް ޖެއްސުމުން



ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އާއު ރަންވޭ ރަސްމީކޮށް ބޭނުންކުރުމަށް ހުޅުވާ ދުވަހު ފުރަތަމަ ރަންވޭގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ)ގެ ޤައުމީ އެއާރލައިންގެ ފްލައިޓެކެވެ.



ފުލައިޓް އަޕްޓޭޓް ވެބްސައިޓް ފިސްގެ ޝެޑިއުލްގައި މިހާރު ޝެޑިޔުލް ކުރެވިފައިވާ ގޮތުން ނަމަ އާއު ރަންވޭ ރަސްމީކޮށް ބޭނުންކުރުމަށް ހުޅުވާ ރަސްމީއްޔާތު ފެށިގެންދާނީ އެމިރެޓްސް ފުލައިޓް EK656 ބޮއިން 777 މަރުކާގެ މަތިންދާބޯޓު ވީއައިއޭ ކޯޑް އެފް ރަންވޭގައި ޖެއްސުމުނެވެ.


އެ ފުލައިޓް ވީއައިއޭގައި ޖެއްސުމަށް ޝެޑިޔުލް ކުރެވިފައި ވަނީ މާދަމާ ހެނދުނު 07:00 ގައެވެ.


ފްލައިޓް ޖެއްސުމާއެކު އާ ރަންވޭ ރަސްމީކޮށް ބޭނުންކުރުމަށް ހުޅުވާ ރަސްމީއްޔާތު ވޯޓާރ ސެލިއުޓާއެކު ފެށިގެންދާނެއެވެ.


އާ ރަންވޭ ރަސްމީކޮށް ބޭނުންކުރުމަށް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މާދަމާގެ ބައެއް ފުލައިޓްތައް އެރައިވަލް އަދި ޑިޕާރޗާރ ގަޑިތަކަށް ވީއައިއޭއިން ވަނީ ބަދަލް ވެސް ގެނެސްފައެވެ.


ދިގުމިނުގައި 3،400 މީޓަރު އަދި  ފުޅާމިނުގައި 60 މީޓަރު ހުންނަ މި ރަންވޭގެ މަސައްކަތަކީ 2017 ވަނަ އަހަރު ދިވެހި ސަރުކާރުން ޗައިނާގެ އެގްޒިމް ބޭންކުން 150 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ހިންގި މަޝްރޫއެކެވެ.

0 comments
bottom of page