crossorigin="anonymous"> crossorigin="anonymous"> Huras Rongun Farumaa kohffain Condor Ge Aa A330neo VIA Gai Jahsaifi crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ހުރަސް ރޮނގުން ފަރުމާކޮށްފައި ކޮންޑޯގެ އާ އޭ330ނިއޯ މަރުކާގެ މަތިންދާބޯޓު ވީއައިއޭގައި ޖައްސައިފި

ޖަރުމަނުގެ ލެޝަރ އެއަރލައިން ކޮންޑޯގެ މަތިންދާބޯޓުތަކުގެ ބޭރުގެ ކުލަވަރު މި އަހަރުގެ މޭއި މަހުގެތެރޭގައި ތަފާތު ފަރުމާއަކަށް ބަދަލުކޮށްފައި ވަނީ މީގެކުރިން އެއްވެސް އެއަރލައިނަކުން އެކަން ކޮށްފައި ނުވާ ފަރުމާއަކަށެވެ.



ކޮންޑޯ މަތިންދާބޯޓުތައް ޒީނަތްތެރިކުރުމަށް ހުރަސް ރޮނގުތަކުން ފަރުމާކޮށްފައި ވަނީ ތަފާތު 5 ކުލައަކުންނެވެ.

މި ކުލަތަކުގެ ތެރޭގައި ހިމެނެނީ...

ރީނދޫކުލަ (އިރުގެ ދަޅަ)

ރަތްކުލަ (ޝައުޤުވެރިކަން)

ނޫކުލަ (ކަނޑު)

ފެހި (ރަށް)

މުށިކުލަ (ގޮނޑުދޮށް) ހިމެނޭހެނެވެ.


ކޮންޑޯއިން ބުނާގޮތުގައި މި ކުލަތަކަކީ ފަސިންޖަރުންނާއި އެއަރލައިންގެ މުވައްޒަފުންނަކީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން އައިސްފައިވާ ބައެއް ނަމަވެސް ދުނިޔެ ދެނެގަތުމުގެ ފުރުޞަތުތައް ދައްކުވައިދޭނެ ކުލަތަކެކެވެ.


ޖަރުމަނުގެ ލެޝަރ އެއަރލައިން ކޮންޑޯއިން މިއަދު ވަނީ ވެލާނާ އިންޓަރނޭޝަލަށް އެއާރޕޯޓަށް އެއާބަސް އޭ300-900 މަރުކާގެ ފެހި (ރަށް) ދައްކުވައިދޭ ހުރަސް ރޮނގުތަކުން ފަރުމާކޮށްފައިވާ މަތިންދާބޯޓު ވަނީ ޖައްސާފައެވެ.


ކޮންޑޯއަށް އޭ330ނިއޯ މަރުކާގެ މި މަތިންދާބޯޓު ލިބިފައި ވަނި މީގެ ހަފްތާއެއްކުރިނެވެ. މި އެއާރލައިނުން ވަނީ އޭ330ނިއޯ 16 މަތިންދާބޯޓު ހޯދަން އޯޑަރުދީފައެވެ.


އާއު އޭ330ނިއޯ މަތިންދާބޯޓުގައި 310 ފަސިންޖަރ ސީޓު ހުންނަ އިރު މީގެތެތޭގައި ހިމެނެނީ 30 ބިޒްނަސް ކުލާހާއި 64 ޕުރިމިއަމް އިކޮނޯމީ އަދި 216 އިކޮނޯމީ ކުލާސް ސީޓެވެ.


އެއާރބަސް އޭ330އަށް ބަދަލުކުރަނީ ކޮންޑޯގެ ބޮއިން 767 ފުލީޓްތަކުގެ އެވްރަޖު އޭޖު 28 އަހަރު އެކްސީޑްވުުންމުންނެވެ.

0 comments
bottom of page