crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page

މޯލްޑިވިއަންގައި ބޭނުންކުރާ އޭ321 މަރުކާގެ އެންމެ ބޮޑު ބޯޓު އަނބުރާ ފޮނުވާލައިފި

  • Writer: Avaitors Maldives
    Avaitors Maldives
  • Nov 3, 2022
  • 1 min read

ރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވިއަންގެ ޖެޓު ފުލީޓުގައި ބޭނުންކުރާ އެއާބަސް އޭ321 މަރުކާގެ މަތިންދާބޯޓު އަނބުރާ ފޮނުވާލައިފިއެވެ.



7 އަހަރަށް ފަހު މޯލްޑިވިއަންގެ އެއާބަސް އޭ321، 8Q-IAI އަނބުރާ ފޮނުވާލީ ލީސް އެގްރީމެންޓްގެ މުއްދަތު ހަމަވާތީއެވެ.


މޯލްޑިވިއަންގެ ޖެޓް ފުލީޓުގައި ބޭނުންކުރާ އެއާބަސް އޭ320 އަދި އެއާބަސް އޭ321އަކީ ބަންގްލަދޭޝް، އިންޑިޔާ، ތައިލެންޑްގެ އިތުރުން ޗައިނާއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް ބޭނުންކުރާ 2 ބޯޓެވެ.


މޯލްޑިވިއަން އެއާބަސް އޭ321 މަރުކާގެ ބޯޓުގައި 194 އިކޮނޯމީ ކުލާސް ސީޓާއި ބިޒްނަސް ކުލާސް 6 ސީޓު ހުންނަ އިރު އެއާބަސް އޭ320 ބޯޓުގައި 138 އިކޮނޯމީ ކުލާސް ސީޓާއި ބިޒްނަސް ކުލާސް 14 ސީޓު ހުރެއެވެ.


އޭ321 މަތިންދާބޯޓު ފޮނުވައިލުމަށް ފަހު މޯލްޑިވިއަނުން އަންނަނީ އޭ321 ލޯގްހޮލް ރޭންޖުގެ އައު މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ބޯޓު  މޯލްޑިވިއަންގެ ފުލީޓަށް ގުޅޭނެ ވަކި ތާރިހެއް އަދި ސާފެއްނުވެއެވެ.

 
 
 

Comments


©2019  Aviators Maldives

bottom of page