crossorigin="anonymous"> crossorigin="anonymous"> FlyDubai In Addu City Gamun Istanbul Ah 580 Dollarah crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ފްލައި ޑުބާއީން އައްޑޫސިޓީ ގަމުން އިސްތަންބޫލަށް 580 ޑޮލަރަށް


ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާލައިން ފްލައި ޑުބާއީގެ ދަތުރުތައް 2023 ވަނަ އަހަރު އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއާރޕޯޓަށް ބެއްވުމަށް ވަނީ ނިންމާފައެވެ.

2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދުވާލަކު 1 ދަތުރު ފްލައި ޑުބާއީން އައްޑޫސިޓީ ގަމަށް ބާއްވާނެއެވެ.


ފްލައި ޑުބާއީން މިހާރު ވަނީ ތުރުކީގެ އިސްތަންބޫލަށް ގަމުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ފެއާރއެއް ހުޅުވާލާފައެވެ. 30 ކިލޯ ބެގޭޖްއެލަވަސްގެ ގޮތުގައި ލިބޭ މި ފެއާރ ޓިކެޓް 580 އެމެރިކާ ޑޮލަރަށް ވިއްކަނީ ހުރިހާޓެކްސްތައް ހިމަނައިގެންނެވެ. މީގެ އިތުރުން ޓިކެޓް ނަންގަވާ ކޮންމެ ބޭފުޅަކަށް ސުކައިވާރޑްސް ޕޮއިންޓްސް ލިބިގެންދާނެއެވެ.


މި ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން ޑުބާއީ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޓުރާންސިޓު ކުރުމަށް ފަހު ތުރުކީގެ އިސްތަންބޫލަށް ދާ ގޮތަށެވެ.


ޑުބާއީ އިންޓަރނޭޝަނަލް އެއާރޕޯޓު ހަބުން ދަތުކުރާ ފަސީންޖަރުނަށް ކަނެކްޓިވިޓީ އާއި ދަތުރުފަތުރުކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ކޯޑްޝެއާ އުސޫލުން ޑުބާއީގެ ޤައުމީ އެއާރލައިން އެމިރޭޓްސް އިން ގަމަށް ޓިކެޓު  ވިއްކާމުންދާނެއެވެ.

0 comments
bottom of page