crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page

ކުވައިތު އެއާވޭސްގެ ރަސްމީ ދަތުރުތައް ރާއްޖެއަށް ފަށައިފި

  • Writer: Avaitors Maldives
    Avaitors Maldives
  • Oct 31, 2022
  • 1 min read

ކުވައިތުގެ ޤައުމީ އެއާރލައިން ކުވައިތު އެއާރވޭސްގެ ރަސްމީ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.


ree

މިއަދު ހެނދުނު ގަޑިން 07:00ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ކުވައިތު އެއާރވޭސްގެ KU 365 ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިޔާފައި ވަނީ ވޯޓާ ސެލިއުޓަކުންނެވެ.


މިއަދު މި ފެށި ރަސްމީ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކުވައިތު އިންޓަރނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓެށެވެ.


ކުވައިތު އެއާރވޭސް އިން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފައިވާ އިރު މި ދަތުރުތަކުގައި ބޭނުން ކުރަނީ އޭ 320 މަރުކާރުގެ މަތިންދާބޯޓެވެ.


މެދުއިރުމަތީ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ކުވައިތު ހިމެނެއެވެ.

Comments


©2019  Aviators Maldives

bottom of page