crossorigin="anonymous"> crossorigin="anonymous"> Fly Dubai Ge Udhuhuntha Lanka Aai Raajje Dhemedhu Fashaifi crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ފްލައި ޑުބާއީގެ ހުދުހުންތައް ލަންކާއާއި ރާއްޖެއާ ދެމެދު ފަށައިފި


ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާރލައިން ފްލައި ޑުބާއީން ލަންކާއާއި ރާއްޖެއާ ދެމެދު ހުދުހުންތައް މިއަދު ފަށައިފިއެވެ.



ކޮލަންބޯ އިން ފުރައިގެން މިއަދު ރާއްޖެއައި ފްލައި ޑުބާއީގެ ފުލައިޓް FZ 1026 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން 14:08ގައެވެ.


ފްލައި ޑުބާއީން މިއަދުން މި ފެށި ދަތުރުތައް ކޮންމެ ދުވަހަކު ބާާއްވާނެ ކަމަށާއި މި ދަތުރުތައް މާލެއިން ކޮލަންބޯއަށް ފުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:35ގައި ކަމަށް ފްލައި ޑުބާއީން ބުނެއެވެ. އަދި ކޮލަންބޯއިން މާލެއަށް ފުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:55ގައެވެ.


ފްލައި ދުބާއީގައި މާލެއިން ކޮލަންބޯއަށް ދަތުރުކުރަން ބޭނުންވާ ފްރާތްތަކަށް މިހާރު ޓިކެޓް ގަންނަން ލިބޭނެ ކަމަށް ވެސް އެ އެއާރލައިނުން ހަމަކުރެއެވެ.


މި ދަތުރުތަކުގައި ފްލައި ދުބާއީން ބޭނުންކުރަނީ ބޮއިން 737 މަރުކަގެ މަތިންދާބޯޓެވެ.


ޔޫއޭއީގެ ބަޖެޓް އެއާރލައިން ފްލައި ޑުބާއީ ރާއްޖެއާއި ކޮލަންބޯއާ ދެމެދު ދަތުރުތައް ފެށި އިރު ކޮލަންބޯއަށް ރާއްޖެ މެދުވެރިކޮށް 5 އެއާލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންދެއެވެ.

0 comments
bottom of page