crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page

ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

  • Writer: Avaitors Maldives
    Avaitors Maldives
  • Feb 4, 2023
  • 1 min read


ޗައިނާގެ 3 ވަނައަށް އެންމެ ބޮޑު އެއާރލައިން "ޗައިނާ އީސްޓަން"ގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.


ree

މި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް "އެމްޔޫ 776" ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން މެންދުރު ފަހު 14:45 ހާ އިރެވެ.


"އެމްޔޫ 776" ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާރސެލިއުޓެއް ވަނީ އަރުވާފައެވެ.


މި ދަތުރުތައް ބޭއްވުމަށް ނިންމާފައި ވަނީ ޗައިނާގެ ޝަންހާއީ ޕުޑޮންގ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.


ޗައިނާ އީސްޓަންއިން މި ދަތުރުތަކުގައި ރާއްޖެއަށް އޮޕަރޭޓް ކުރާނީ އެއާރބަސް މަރުކާގެ އޭ330 މަރުކާގެ ބޯޓެވެ. މި ބޯޓުގައި 232 ފަސިންޖަރުންނަށް ދަތުރުކުރެވެއެވެ.


ޗައިނާ އީސްޓަންގެ ދަތުރުތައް ރާއްޖެއަށް އަލުން މި ފެށީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް މި އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ ސަރުކާރުން ލުއިދިނުމާގުޅިގެނެވެ.


އެއާރލައިންގެ ދަތުރުތައް މިއަދު ފެށި އިރު ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއާރލައިނުން އަންނަނީ ހުސްވި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ރާއްޖެއަށް ބާއްވަމުނެވެ.

Comments


©2019  Aviators Maldives

bottom of page