crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ސިމްޑީގެ "ބިޔޯންޑް" ލަގްޒަރީ ލެޝާ އެއާރލައިނުގެ ދަތުރުތަކުގައި ބޭނުން ކުރަނީ އޭ 321 ނިއޯސްސިމްޑީ ގްރޫޕާއި ޔުނައިޓެޑް އަރަބް އެމުރެޓްސް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އަރަބިސްކުއެސްޓް ގުޅިގެން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝާ އެރއާލައިންގެ ދަތުރުތަކުގައި ބޭނުން ކުރަނީ އޭ 321 ނިއޯސް މަރުކާގެ މަތިންދާބޯޓެވެ.

ބިޔޯންޑް ނަމުން ނަންދީފައިވާ މި އެއާރލައިންގެ ދަތުރުތަކުގައި ބޭނުން ކުރާ އެއާރބަސް އޭ 321 ނިއޯސް މަރުކާގެ މަތިންދާބޯޓުގެ އިންޓީރިއާރ ފާރުމާކޮށްފައި ވަނީ ޕްރިމިއަމް ކޮންފާރޓް 68 ޝީޓާއެކު ވަރަށް ލަގްޒަރީކޮށެވެ.


7400 ކިލޯމީޓަރަށް މެކްސިމަމް ސުޕީޑްގައި 830 ކިލޯމީޓަރު ގަޑިއަކު ދަތުރު ކުމުގެ ގާބިލްކަން މި ލަގްޒަރީ އެއާރބަސް އޭ 321 ނިއޯ މަރުކާގެ މަތިންދާބޯޓަށް ލިބިފައިވެއެވެ.


މި އެއާރލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި...

-ޕާރސަނަލް ޑުރައިވަރަކާއެކު ޕުރައިވެޓް ލަގްޒަރީ ކާރުގައި އެއާރޕޯޓަށް ޓުރާންސްފާރ ކުރުމުގެ ހިދުމަތް.

- ގޭގައި ހުރެގެން ބެގޭޖް ޗެކިން ކުރުމުގެ ހިދުމަތް.

- އެއާރޕޯޓް ޕުރިމިއަމް ލައުންޖްގެ ހިދުމަތް.

މީގެ އިތުރުން އޮންބޯޑްގްއި މިޝިލިން ސުޓާރ މެނޫ އަލްޓިމެޓް ލަގްޒަރީ ޓުރެވެލްސްއެވެ.


ޔޫރަޕާއި އޭޝިޔާގެ އިތުރުން މެދުއިރުމަތީގެ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރުމަށް ބިޔޯންޑް އެއާރލައިނުން ވަނީ ނިންމާފައެވެ.


ބިޔޯންޑް އެއާރލައިނުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ލަގްޒަރީ ލެޝާ ޓުރެވެލްގެ ހިދުމަތް ފެށިކަމުގައި ވީ ނަމަވެސް ރާއްޖޭގައި ޖެޓް އެއާރކުރާފްޓް އޮޕަރޭޓް ކުރި އެންމެ ފުރަތަމަ ޕުރައިވެޓް އެއާރލައިނަކީ މެގަމޯލްޑިވްސްއެވެ.

0 comments

Comments


bottom of page