crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page

ފިނި މޫސުމާ ދިމާކޮށް އެއާރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް

  • Writer: Avaitors Maldives
    Avaitors Maldives
  • Nov 1, 2022
  • 1 min read


ފްރާންސްގެ ޤައުމީ އެއާރލައިން އެއާރ ފްރާންސްގެ ދަތުރުތައް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް މިއަދު ފަށާއިފިއެވެ.


ree

ރާއްޖެއަށް މިއަދު ފެށި ދަތުދުތައް އޮޕަރޭޓު ކުރަން ނިންމާފައި ވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ދުގުލް އެއާރޕޯޓުން ރާއްޖޭގެ މައި އެއާރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.


ފިނި މޫސުމާ ދިމާކޮށް އެއާރ ފްރާންސުން ރާއްޖެއަށް ފެށި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އޭފް 268 ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން ހެނދުނު 08:10ގައެވެ.


އެއާރ ފްރާންސުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ބާއްވާ އިރު މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން މަރުކާގެ 787 ޑުރީމްލައިނާއެވެ.


ފްރާންސްގެ ޤައުމީ އެއާރލައިން އެއާރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.

Comments


©2019  Aviators Maldives

bottom of page