crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ކުރިސްމަސްއާއި ދިމާކޮށް އިޓަލީގެ ޤައުމީ އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް

ކުރިސްމަސްއާއި ދިމާކޮށް އިޓަލީގެ ޤައުމީ އެއާރލައިން، އިޓާލިއާ ޓްރާންސްޕޯޓޯ އެއިރޯ (އައިޓީއޭ) އެއާރވޭސްގެ ދަތުރުތައް މި މަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައި އެކަން ހާމަކޮށްފިއެވެ.އައިޓީއޭއިން އެކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ހަފުތާއަކު 3 ދަތުރު ރާއްޖެއަށް އޮޕަރޭޓްކުރާނެ ކަމަށާއި އެއަށް ފަހު ހަފުތާއަކު 2 ދަތުރު އެޕްރީލް މަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް ބާއްވާނެ ކަމަށެވެ.


އިޓަލީގެ ރޯމުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި އައިޓީއޭ އިން ރާއްޖެއަށް އޮޕަރޭޓް ކުރާނީ އެއާރބަސް މަރުކާގެ ބުރޭންޑް ނިއު އޭ350 މަތިންދާބޯޓާއި އޭ330 މަރުކާގެ ބޯޓެވެ.


އައިޓީއޭ އެއާރވޭސްއަކީ އިޓަލީގެ ކުރީގެ ޤައުމީ އެއާރލައިން، އަލިޓާލިއާ ބަނގުރޫޓުވެ، ހުއްޓާލަން ޖެހުމުން އިޓަލީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާއާއެކު އުފައްދައި

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ރަސްމީކޮށް އޮޕަރޭޝަން ފެށި އެއާރލައިނެކެވެ.


އެއާރލައިނުގެ ފުލީޓުގައި އެއާރބަސް މަރުކާގެ 66 މަތިންދާބޯޓު އޮވެއެވެ. އަދި ދުނިޔޭގެ 64 މަންޒިލަށް ދަތުރުތައް ވެސް އަންނަނީ ކުރަމުންނެވެ.

0 comments

Comments


bottom of page