crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ސިންގަޕޯ އެއާރލައިނުން އޭ 350މަރުކާގެ ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ދުނިޔޭގެ އެންމެ ވަރުގަދަ އެއާރލައިންތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރްގެ ޤައުމީ އެއާރލައިން ސިންގަޕޯ އެއާރލައިނުން އެއާރބަސް އޭ 350 މަރުކާގެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް އޮޕަރޭޓް ކުރަން ފަށައިފިއެވެ.ސިންގަޕޯ އެއާރލައިނުން ރާއްޖެއަށް އޮޕަރޭޓް ކުރަންފެށި އޭ 350 މަރުކާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން ރޭ 22:10 ހާއިރުއެވެ.


އެއާރބަސް އޭ 350 މބޯޓުތަކުގައި 303 ފަސިންޖަރުނަށް ދަތުރުކުރެވޭ އިރު ސިންގަޕޫރާއި މާލެއާ ދެމެދު މި މަރުކާގެ ބޯޓުތަކުގެ ދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެ އެއާރލައިނުން ހާމަކުރެއެވެ.


ސިންގަޕޯ އެއާރލައިނުން ކޮންމެ ދުވަހަކު 2 ދަތުރު މާލެއަށް ކުރަމުން އަންނަ އިރު މި އެއާރލައިނުން ރާއްޖެއަށް އެއާރބަސް އޭ 350 މަރުކާގެ ބޯޓުތައް އޮޕަރޭޓް ކުރަން ފަށާފައި މި ވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށެވެ.


ސިންގަޕޫރާ މާލެއާ ދެމެދު ސީދާ ދަތުރުތައް މި ވަގުތު ބާއްވަމުން އަންނަނީ ސިންގަޕޫރުގެ ޤައުމީ އެއާރލައިނާއި ސައުދީ އަރަބިއްޔާގެ ޤައުމީ އެއާރލައިނުންނެވެ.

0 comments

Comments


bottom of page