ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާރލައިން ވިޒް އެއާރގެ ރަސްމީ ދަތުރުތައް ރާއްޖެއަށް ފަށާފިއެވެ.
މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖެއްސި ވިޒް އެއާރގެ ފުރަތަމަ، 5W 7105 ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާރސެލިއުޓެއް ވަނީ ދީފައެވެ.
މީގެ އިތުރުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ފުލައިޓް ކައިރީ ބޮޑުބެރުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ދަތުރުތަކުގައި ބޭނުންކުރާނީ މުޅިން އާ، އެއާބަސް އޭ321 ނިއޯ މަރުކާގެ މަތިންދާ ބޯޓެވެ.
ރާއްޖެއަށް ރަސްމީކޮށް ފެށި ވިޒް އެއާރގެ މި ދަތުރުތައް ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު، ހަފްތާއަކު 4 ދަތުރު ރައްޖެއަށް ބާއްވާނެއެވެ.
2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޮޕަރޭޝަންތައް ފެށި ވިޒް އެއާރއިން އަބޫ ދާބީން ފުރައިގެން 5 ގަޑިއިރުން ދެވޭ 34 މަންޒިލަށް ދަތުރުތައް ކުރެއެވެ.
ވިޒް އެއާރއިން ރާއްޖެއަށް ދަތުރުތައް ފެށި އިރު ޔޫއޭއީގެ އިއްތިހާދު އެއާރވެސުން ވެސް އަބޫ ދާބީން ރާއްޖެއަށް ދަތުރުތައް އަންނަނީ ކުރަމުން ދެއެވެ.
Comments