crossorigin="anonymous"> crossorigin="anonymous"> Virgin Atlantic Ge Dhathuruthah Raajje Ah Fashanee crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ވާރޖިން އެޓްލާންޓިކް އެއާރވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗާރޑް ބްރޭންސަންގެ ވާރޖިން އެޓްލާންޓިކް އެއާރވޭސްގެ އުދުހުންތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.



ވާރޖިން އެޓްލާންޓިކްގެ އުދުހުންތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އެ އެއާރލައިނުން ނެރުނު ބަޔާނެއްގައެވެ.


މާދަމާއިން ފެށިގެން އެ ދަތުރުތަކުގެ ޓިކެޓު ވިއްކާނެ ކަމަށް ވާރޖިން އެޓްލާންޓިކުންގެ ބަޔާނުގައިވެއެވެ.


މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.


ވާރޖިން އެޓްލާންޓިކުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ބާއްވާ އިރު މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން މަރުކާގެ 787 ޑުރީމްލައިނާއެވެ.


1984 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އޮޕަރޭޝަން ފެށި ވާރޖިން އެޓްލާންޓިކް އެއާރވޭސުން އަންނަނީ ދުނިޔޭގެ 32 މަންޒިލަށް ދަތުރުތައް ބާއްވަމުންނެވެ. ވާރޖިން އެޓްލާންޓިކްގެ ފުލީޓުގައި 37 މަތިންދާބޯޓު އޮވެއެވެ.


ވާރޖިން އެޓްލާންޓިކްގެ އުދުހުންތައް ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ފެށުމަށް ނިންމި އިރު އިނގިރޭސިވިލާތުގެ ޤައުމީ އެއާރލައިން ބްރިޓިޝް އެއާރވޭސުން އަންނަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ހުސްވި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސީދާ ދަތުރުތައް ބާއްވަމުންނެވެ.

0 comments
bottom of page