crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ފިޓްސްއެއާރގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާރލައިން ފިޓްސްއެއާރއިން އަންނަ އޮކްޓޫބަރ މަހު ރާއްޖެއަށް ޝެޑިއުލް ދަތުރުތައްފަށަން ނިންމާފައިވާ ކަން އެ އެއާރލައިނުން ހަމަކޮށްފިއެވެ.



އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޝެޑިއުލް ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު 3 ދުވަހެވެ.


އެ ދަތުރުތައް ބެއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް ފިޓްސްއެއާރއިން ބުނެއެވެ.


2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ކާގޯ ދަތުރުތައް ފެށި ފިޓްސް އެއާރއަކީ ލަންކާގެ 2 ވަނަ އިންޓަނޭޝަނަލް އެއާލައިނެވެ.

0 comments
bottom of page