crossorigin="anonymous"> crossorigin="anonymous"> Faresmaathodaa Airport Ah Muvahzafun Hoadhan Iulaan Kohffi crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

ފަރެސްމާތޮޑާ އެއާރޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާނުކޮށްފި



ގދ. ފަރެސްމާތޮޑާގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާރޕޯޓަށް މުވައްޒަފުން ހޯދަން ރީޖަނަލް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް)އިން އިޢުލާނުކޮށްފިއެވެ.



އާރުސީއެލުން މުވައްޒަފުން ހޯދަން އިޢުލާނުކޮށްފައިވާނީ...

- އެއާރޕޯޓު މެނޭޖަރު

- އޮޕަރޭޝަންސް އޮފިސަރުން

- އެޑްމިނިސްޓްރޭޓިވް އޮފިސަރުން

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް

- ގާޑެނާ

- ކްލީނިން އެންޑް ގާޑެނިން އެޖެންޓް

- ކްލީނިން އެންޑް ގާޑެނިން ސުޕަވައިޒާ

- ޓެކްނީޝަން/ މެއިންޓެއިނެންސް އޮފިސާ

- ޓެކްނީޝަން/ މެއިންޓެއިނެންސް އެޖެންޓް

- ސެކިއުރިޓީ އެޖެންޓް

- އެއާރޕޯޓް ހޭންޑްސް

- ލީޑިން ފަޔާމެން

- ޖޫނިއާ ފަޔާފައިޓާ

- ފަޔާފައިޓާ ޓްރެއިނީގެ އިތުރުން އީއެމްޓީ ފަޔާފައިޓާ ޓްރެއިނީއެވެ.


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއާރޕޯޓް މި މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.


ފަރެސްމާތޮޑާ އެއާރޕޯޓްގައި ޤާއިމުކޮށްފައި ވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ.


މި އެއާރޕޯޓަކީ ދިވެހި ސަރުކާރުގެ ބަޖެޓުން 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރާ އެއާރޕޯޓެކެވެ.


0 comments
bottom of page