crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page
  • Writer's pictureAvaitors Maldives

އިސްރާއީލްގެ ގައުމީ އެއާރ ލައިންގެ ވެރިއަކަށް 27 އަަހަރުގެ ދަރިވަރެއް


އިސްރާއީލްގެ ގައުމީ އެއާރ ލަައިންގެ އާ ވެރިޔަކަށް 27 އަހަރުގެ ދަރިވަރަކު ވެއްޖެއެވެ.

އުމުރުން 27 އަހަރުގެ އެމެރިކާގެ ނިއުޔޯކަށް އުފަން އެލީ ރޮޒެންބާރގް ގެ ކުންފުންޏަކުން ވަނީ އިސްރާއީލްގެ ގައުމީ އެއާރލައިންގެ 42.85 އިންސަައްތަ ގަނެފައިއެވެ. ތެލް އަވިވް ގައި ބޭއްވި ސްޓޮކް އެކްސްޗޭންޖު ގައި މި ހިއްސާ ގަނެފައިވަނީ 150 މިލިއަން އެމެރިކާ ޑޮލަރަށެވެ.

މި ކުންފުންޏަކީ 1948 ކުން ފެށިގެން އިސްރާއީލްގެ ގައުމީ އެއާރ ލައިނެވެ. 49 މަތިންދާބޯޓާއިއެކު 42 ގައުމަށް އިސްރާއީލްގެ ގައުމީ އެއާރ ލައިން ދަތުރުތައް ކުރެއެވެ.ކޮވިޑް-19 ގެ ސަބަބުން މަލީގޮތުން ވަރަށް ދަށުގައި އޮތް އިސްރާއިލް އެއާރ މި އޮކްޓޫބަރ މަހު ހަތަރު މަންޒިލަކަށް ދަތުރު ފަށާނެ ކަމަށް ވެއެވެ. ދާދި ފަހުން އިސްރާއީލް އެއާރ އިން ވަނީ އިސްރާއީލުން ޔޫ.އޭ.އީ އަށް ދިޔަ ފުރަތަމަ ރަސްމީ ފްލައިޓުގެ ތާރީހީ ދަތުރުވެސް ކޮށްފައިއެވެ.

0 comments

Comments


bottom of page