ކޮވިޑު-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދަތުރުވެރިންނާއި ފަތުރުވެރިންނަށް ރާއްޖޭގެ މައި ދޮރާށި ހުޅުވާލިތާ
ދެވަނަ މަސް ހަމަވައިރު އައި މީހުންވަނީ %69 އިތުރުވެފައިއެވެ.

ބޯޑަރު ހުޅުވި ފުރަތަމަ މަހު 7،607 މީހުން ރާއްޖެ އައިއިރު ދެވަނަ މަހު 12،883 މީހުންވަނީ ވެލާނާ އެއާާރޕޯޓުގެ މައި ދޮރާށި ހުރަސްކޮށް
ރާއްޖެ އެތެރެވަފައިއެވެ. މިއީ ކޮވިޑުގެ ސަބަބުން ހުއްޓިފައިއޮތް ދިވެހި އިގްތިސޯދު އަދި ފަތުރުވެރިކަން ރަނގަޅުވެގެން ގޮސްދާނެކަމުގެ ފާލެކެވެ.

މި އަދަދުތައް މަތިވަމުން ދާއިރު އެޑެލްވެއިސް އިންވެސް ވަނީ 26 ސެޕްޓެމްބަރުގައި އެއާރ އިންޑިއާ، އިންޑިއޯ އަދި އެރޯފްލޮޓު ގެ އުދުހުން ރާއްޖެއަށް އަލުން ފަށަން ނިންމާފައިވާކަން އިއުލާން ކޮށްފައިއެވެ. އެއާއި އެކު ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވެގެންދާނެ ކަމަށް ބެލެވެއެވެ.
Comments